ތައާރަފް
2004 ވަނަ އަހަރު
ޑިސެންބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ ގައި ގެއްލުން ލިބުނު ފަޅުތައް
މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ހ އ އިހަފަރުގެ ފަޅު
މަރާމާތު ކުރުމަކީ ވެސް ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2010 ވަނަ އަހަރު
ޑިސެންބަރ 26 ވަނަ ދުވަހު މަރާމާތު ކުރަން ފަށައިފައިވާ ފަޅެކެވެ. ނަމަވެސް ފަޅު
މަރާމާތު ކުރަމުންދާ ގޮތާމެދު ހިތް ހަމަނުޖެހި
ރައްޔިތުންގެ ބަޔަކު ވަނީ މަސަކަތް
ހުއްޓުވާފައެވެ. މިއީ މިނިސްޓްރީ އޮފް ހައުސިންގ އެންޑު އެންވާރުމެންޓުގެ ފަރާތުން
މިރަށުގެ ފަޅުގެ މަސައްކަތް ހުއްޓުވި މައްސަލާގައި ކަންހިގައި ދިޔަގޮތް ބަޔާންކޮށް
ލިޔާ ރިޕޯޓެކެވެ..
މި ރިޕޯޓުގައި އަލި
އަޅުވާލާނީ ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓުވި ސަބަބާއި އޭގެ ސަބަބުން
ކުރިމަތިވި އިޖުތިމާއީ، އިގުތިސާދީ
މައްސަލަތަކުގެ މައްޗަށެވެ. މީގެ ކުރިން ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރި
އަށް ދިޔަގޮތެވެ. ހަމަ އެހެންމެ މި މައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކާއި
ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކެވެ. މި ރިޕޯޓު ލިޔުމަށް މައުލޫމާތު ނެގީ ހ އ
އިހަފަރު ކައުންސިލް އިދާރާއިންނާއި އާއްމު ރައްޔިތުންނާއި ކުލަބު ޖަމީޔާ ޖަމާއަތް
ތަކާއި ބައެއް އޮންލައިން ނޫސްތަކުންނެވެ.
ފަޅުގެ މަސައްކަތް ހުއްޓުވި ސަބަބު.
އާބާދީގައި 3500
މީހުން ދިރިއުޅެމުންދާ ހ އ އިހަފަރަކީ ބޮޑު ރަށެއް ނަމަވެސް އަޅުގަނޑު އެރަށައް
ގޮސް ނެގި މައުލޫމާތުން އެނގުނީ ފަޅުގެ މަސައްކަތް ކުރިޔަށް ގެންދަނީ ރައްޔިތުންގެ
ހިޔާލާއި މަޝްވަރާއާ ނުލާކަމެވެ. ކަން މިހެން ހުރުމުގެ ސަބަބުން ރަށުގެ ގިނަ
އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ ފަޅު މަރާމާތު ކުރުމުގެ މަސައްކަތް
ހުއްޓާފައެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ އިގުތިސާދީ އަދި އިޖުތިމާއީ
ގޮންޖެހުން ތަކެއް ކުރިމަތިވެފައެވެ.
ފަޅުގެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ކުރިމަތިވާ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތައް.
ހ އ އިހަފަރު ފަޅުގެ
މަސައްކަތް ހުއްޓުވާ ފައިވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް އެރަށު
ކައުންސިލް އިދާރާއިން ސިފަ ކުރާއިރު، ކަން މިގޮތައް ހުރުމުން ގިނަ ދަތިތަކަކާ ރައްޔިތުން
ވަނީ ކުރިމަތި ލާފައެވެ. އެގޮތުން ފުރާ ދުއްވާ ފަރާތް ތަކަށާއި ރަށުގެ
ވިޔަފާރިވެރިން ގެންނަ މުދާ ބާލާށާއި މަސްވެރިން ނަށް މިކަމުގެ ތުރާވަނީ
ތަހައްމަލް ކުރާން ޖެހިފައެވެ. އަދި ހަމައެހެންމެ މީގެ ސަބަބުން ރައްޔިތުން ނަށް
ބޭނުންވާ ބައެއް ތަކެތި ލިބުން ދަތިވުމުގެ މައްސަލަ ވެސް ވަނީ ހޫނުވެގެން
ގޮސްފައެވެ. އަދި ގިނަބަޔަކު ވަނީ ކުރިން ފަޅުގެ މަސައްކަތް ކުރި ގޮތައް ކުރން
ގޮވާލާފައެވެ.
މީގެ ކުރިން ރަށުގެ ފަޅު މަރާމާތުކުރި ގޮތް.
މީގެ ކުރިން
ދެފަހަރެއް މަތިން ޖަޕާނުގެ ހިލޭ އެހީގެ ދަށުން ވަނީ މިރަށު ފަޅު މަރާމާތު
ކުރުމުގެ މަސައްކަތް ކުރިއަށް ގެން ގޮސްފައެވެ. އަދި އެފަހަރު އެ މަސައްކަތް
ކުރިއަށް ގެންދިޔައީ ގިނަ ބައެއް މަޝްވަރާ އާއި ލަފާގެ މަތިން ކަމަށް ގިނަ
ރައްޔިތުން ބުނެއެވެ. އަދި އެފަހަރު ވަނީ އެރަށު ފަޅު ބޮޑުކޮށް އެދުވަސް ވަރާ
ގުޅޭގޮތައް ހިދާފައެވެ.
މި މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތައް.
މި މައްސަލާގައި
ޒިންމާ ވާންޖެހޭ ފަރާތްތަކާމެދު އެއްބަޔަކު އއަނެއްބަޔަކަށް ދަނީ އިނގިލި
ދިއްކުރަމުންނެވެ. ގިނަ ރައްޔިތުން ބުނަނީ ކައުންސިލް އިދާރާގެ ބޭފުޅުންގެ
އިހުމާލުން ކުރިމަތިވި މައްސަލައެއް ކަމަށެވެ. ނަމަވެސް ހ އ އިހަފަރު ކައުންސިލް
އިދާރާއިން ބުނަނީ މިކަމަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ރާވާގެން ހިންގޭ ވަރަށް
ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދާ ކުންފުނީގެ
އިސްފަރާތެއްގެ ބަހެއް ވަނީ ނުލިބިފައެވެ. ކަން މިހެން ހުރިއިރު ފެންނަ
މަންޒަރުތަކާއި އިވޭ އަޑުތަކާއި ނެގި މައުލޫމާތު ތަކުން އެނގުނީ ރަށު ކައުނސިލްގެ
އިހުމާލު މި ކަމުގައި ވާކަމެވެ.
މައްސަލަ ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅު ތައް.
ހ އ އިހަފަރު ފަޅު
މަރާމާތު ކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދެވޭނީ ރައްޔިތުންނަށް ދޫކޮށް
އެބޭފުޅުން ބޭނުންވާ ގޮތައް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. ވުމާއެކު މިފަދަ
މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ ރިވެތި އުސޫލުން ކަން ކޮށް ރައްޔިތުންނަށް
ލާބައާއި މަންފާ ހުރިގޮތަށް ކިންތައް ނިންމާފިނަމަ މި މައްސަލަ ހައްލުވާނެއެވެ.
އަދި މިކަމުގައި ކޮންމެވެސް އެއް ފަރާތަކުން ގޮތް ދޫކުރުން ރަނގަޅުކަމަށް
އަޅުގަނޑު ދެކޭކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ. އަދި މިކަން ހަމަޖެހޭ
ރަނގަޅު އުސޫލަކުން ކުރިއަށް ގެންގޮސް މަސައްކަތް އަވަހަށް ނިންމުމަށް
އިލްތިމާސްކުރަމެވެ.
Top 10 Casino Apps - Casinoworld
ReplyDeleteIn herzamanindir.com/ this section we'll walk 1등 사이트 you through our selection of top casino apps, and hopefully you'll find plenty of useful information on the top How 출장마사지 do you https://sol.edu.kg/ use PayPal?Are there any deposit bonuses at your casino?