ގަހެއް ފޯދި އެގަހެއްގައި މޭވާ އަޅާ ތާޒާ ވަނީ އެގަހެއްގެ
ޒުވާން އުމުރުގައެވެ. ނުފޯދޭ ގަހެއްގައި މޭވާ އަޅާ ދޮންވެ ފައްކާވުމަކީ މުސްތަހީލް
ކަމެކެވެ. އަދި ހަމައެހެންމެ މޭވާ އަޅާތާ ގިނަދުވަސް ވެފައިވާ ގަހެއްގައި މޭވާ
އެޅުމަކީވެސް ނާދިރު ކަމެކެވެ. ވުމާއެކު ގަސްގަހާގެހީގެ ޖީލްދެމިގެން
ދިޔުމަށްޓަކައި އެތަކެތީގެ ޒުވާން ޖީލްގެ އަހައްމިއްޔަތުކަން ނުހަނު ބޮޑެވެ. ހަމަ
މިބީދައިން ޤައުމެއް އެޤައުމެއްގެ ރާސްތާގައި ކުރިއަށް ދިޔުމަށްޓަކައި ޒުވާނުންގެ
ބޭނުން ނުހަނު ބޮޑުކަން ކަށަވަރެވެ. ވުމާއެކު ޒުވާނުންނަކީ ދިވެހި ޤައުމުގެ ދިރުން
ކަމުގައި ދަންނަވަން ޖެހެއެވެ.