އެބޭފުޅެއްގެ ޒުވާން އުމުރު ދަރިވަރުންނަށްޓަކައި ހޭދަ ކުރެއްވި ހިދުމަތް
ތެރިއެކެވެ. ދިވެހި ބަސް ކިޔަވައި ދިނުމުގެ ރޮގުގައި އަރާ ހުންނެވި
މުދައްރިސެކެވެ. އަދި ހަމަ އެހެންމެ ކިއަވައި ދިނުމުގެ ރޮނގުން މަތީ ތައުލީމު
ހާސިލް ކުރައްވައިގެން ހުންނެވި ކުލަދާނަ ފަންނު ވެރިއެކެވެ. 2013 ވަނަ އަހަރު
ރައިސުލް ޖުމުހުރިއްއާގެ ހާއްސަ އިނާމް ހާސިލް ކުރައްވައިގެން ހުންނެވި ހާދިމެކެވެ.
ވަޒަންބަހުރުވައިގެ އިލްމު ލިބިވަޑައިގެން ހުންނެވި ޝާއިރެކެވެ.
ކުޅަދާނަ ލިއުން ތެރިއެއްގެ އިތުރުން ހުނަރުވެރި ވާހަކަ ދެއްކުން ތެރިއެކެވެ.
2011 ވަނަ އަހަރު ޤައުމީ ދިގު ވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނަ އަދި
ޖެހިގެންއައި 2012 ވަނަ އަހަރު ދެވަނަ ލިބިވަޑައިގެން ހުންނެވި ހުނަރުވެރި ލިޔުން
ތެރިއެކެވެ. ހ.އ އިހަވަންދޫއަށް އުފަން އިހަވަންދޫ ދަރިއެކެވެ. އެއީ ހ.އ އިހަވަންދޫ މޫރިތިގޭ އަލްފާޟިލް ފަތުޙުﷲ އަޙުމަދެވެ. މަންމައަކީ
ކުންޑަ ދޮންކޮއްކޮގެ އައިމިނަތު އަބުދުﷲއެވެ. ބައްޕައަކީ މޮޅު އިބުރާޙިމްގެ
އަޙްމަދު ރަޝީދެވެ.1984ޑިސެންބަރ 1ވީ ހޮނިހިރު ދުވަހު ދުނިޔޭގެ އަލިކަން
ދެކެވަޑައިގެންނެވި ފަތުޙުﷲ ފުރަތަމަ ތައުލީމް ހާޞިލް ކުރެއްވީ ހ.އ އިހަވަންދޫ
މަދަރުސާއިންނެވެ. މަދަރުސީ ދައުރު ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކީއެވެ.
ކުޑައިރުއްސުރެ ދިވެހި ބަސް ދެކެ ލޯބިވާ ދިވެހި ދަރިއެއްގެ ގޮތުގައި އޭނާ ވަނީ
ފާހަގަކުރެވިފައެވެ. މަދަރުސީ ދައުރުގައި އޮފީސް ދާއިރާއިން ކުރިއަށް ދިއުމުގެ
ޝައުޤުވެރިކަން ހުރި ނަމަވެސް މަދަރުސީ ދައުރު ނިންމާލުމަށް ފަހު 2002 ވަނަ އަހަރު
އިހަވަންދޫ މަދަރުސާގެ ވަގުތީ މުދައްރިސެއްގެ މަގާމަށް ކުރިމަތިލާ އެކަމަށް
ހޮވުނެވެ. މުދައްރިސް ކަމުގެ ދާއިރާ އިޙްތިޔާރު ކުރީ މައިންބަފައިންގެ އެދުމުގެ
މަތިން ކަމަށް ބުނާ ފަތުޙުﷲއަކީ މަތީ ތައުލީމަށް ވަރަށް އަހައްމިއްޔަތު ކަން
ދެއްވާ ބޭފުޅެކެވެ. މިގޮތުން 2004 ވަނަ އަހަރު "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ
ފައުންޑޭޝަން ލެވެލެ 2" ގެ ކޯހެއް ގައި ބައިވެރިވެ އެކޯހުގެ ދަސްވެނިމުން
ހާޞިލް ކުރެއްވިއެވެ.
2005ވަނަ އަހަރު ޑިޕޮލޮމާ އިން ސެކަންޑަރީ މެތެމެޓިކްސް ޓީޗިން ކޯސް ލިބުނެވެ. އަދި
ނުހަނު ހިތްވަރާ އެކު މަސައްކަތް ކޮށް މިކޯހުން ވެސް ފަތުޙުﷲ ވަނީ ދަސްވެ ނިމުން
ހާސިލް ކުރައްވާފައެވެ. އަދި ހަމައެހެންމެ ޖެހިގެން އައި 2006ވަނަ އަހަރު އޭނާ
ވަނީ އަނެއްކާ ވެސް އިހަވަންދޫ މަދަރުސާގެ މުދައްރިސެއްގެ ވަޒީފާ ހޯދާފައިވެއެވެ.
މިގޮތައް 2 އަހަރު ވަންދެން ތައުލީމީ ދާއިރާއަށް ޙިދުމަތް ކުރަން ދެމި
ހުންނެވިއެވެ.2009 އަހަރު ދިވެހި ޑިގުރީ ކޯސް ލިބުމާއި ގުޅިގެން އޭނާ އިޙްތިޔާރު
ކުރީ ތައުލީމީ ފެންވަރު މަތިކުރެއްވުމެވެ. ވުމާއެކު ފަތުޙުﷲ ނުހަނު ހިތްވަރާއިއެކު މަސައްކަތް ކޮށް އެ ކޯހުން އޭނާ ވަނީ އެއްވަނަ
ހާޞިލްކޮށްފައިވެއެވެ.
އަނެއްކާ ވެސް ފަތުޙުﷲ އިހަވަންދޫ މަދަރުސާއާ ގުޅުނީ ދަރިވަރުންނަށްޓަކައެވެ. ދަރިވަރިވަރުންގެ ކުރިއެރުމާއި ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި އޭނާ ކޮށްދެއްވާ ޚިދުމަތްތައް ދަރިވަރުން ފާހަގަ ކުރަނީ ނުހަނު ޝުކުރުވެރި ކަމާއި އުފަލާއެކުއެވެ. ޚުދު އަމިއްލަ ޖީބުން ޚަރަދުކުރައްވައިގެން އޭނާ، ތައުލީމީ ޒުވާނުން އުފެއްދުމަށް މަސައްކަތް ކުރައްވާކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަ ކުރަމެވެ.
2009 ޑިސެންބަރ 1 ވީ އަންގާރަ ދުވަހު ފެށި ޖަވާޒީ ހަޔާތަށް މިމަހު 1އަށް 3 އަހަރާ09
މަސް ވެގެން ދިޔައިރު މިހާރު އޭނާގެ އަންހެން ދަރިއަކު ހުރެއެވެ. މިމަހަށް ފަތުޙުﷲ
އަޙްމަދަށް އުމުރުން 28 އަހަރާއި 09 މަސް ވެއްޖެއެވެ. މިފުރުޞަތުގައި އޭނާގެ
އިލްތިމާސެއްގެ ގޮތުގައި ބުނެފައި ވަނީ އެކުއްޖަކު ބޭނުން ދާއިރާއަކުން ޤައުމަށް
ޚިދުމަތްކޮށް ލިބިފައިވާ ހުނަރުގެ ބޭނުން އެންމެ މަންފާ ހުރި ގޮތުގައި
މުޖުތަމަޢުގައި ބޭނުންކުރުމަށެވެ.
No comments:
Post a Comment